ސައުތު ހުވަދޫ ބޯޓް ކޮންފަރެންސް ވަރަށް ކާމިޔާބުކަމާއިއެކު ނިމިއްޖެ
Posted: October 12, 2010 in Uncategorized
”ސައުތުހުވަދޫ ބޯޓް ކޮންފަރެންސް އޮން އިންވާރުމެންޓް އެންޑް ކުލައިމެޓް ޗޭންޖް ” ގެ ނަމުގައި ހޯނޑެއްދޫ އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ހުވަދޫ އެއިޑުން ބޭއްވި ކޮންފަރެންސް ވަރަށްކާމިޔާބުކަމާއިއެކު ނިމިއްޖެއެވެ. ހޮނޑެއްދޫ ވިލުގައި ބޭއްވި މި ކޮންފެރެންސްގެ އޯގަނެއިން ޕާޓްނާއަކީ ބީރާފަންނާ ސްޕޯޓްސް ކުލަބެވެ.10-10-10 ފާހަގަ ކުރުމުގެ ގޮތުން ބޭއްވި މިކޮންފެރެންސްގައި މަދަނި 10 ޖަމްއިއްޔާއަކުން،ސުކޫލްތަކުން 10 ދަރިވަރުން އަދި 10 ސިޔާސީ ބޭފުޅުން ބައިވެރިވެފައިވެއެވެ. މިކޮންފެރެންސްގައި މައިގަނޑުގޮތެއްގގައި ވާހަކަދެކެވުނީ ހުވަދު އަތޮޅަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ހައްލުކުރުމަށް މިހާރުން މިހާރަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުންނެވެ. މީގެ އިތުރުން ”ލިންކްމަޑަވެލި ހޯނޑެއްދޫ’ ގެ ނަމުގައި ކެމްޕެއިންނެއް ލޯންޗްކޮށްފައިވެއެވެ. ކެމްޕެއިން ލޯންޗްކޮށްދެއްވީ ގދ. އަތޮޅު ކައުންސިލާރ އަލްފާޞިލް މުހައްމަދު ހަސަންދިދީއެވެ. މިދިޔަ އަހަރުވެސް ހުވަދޫ އެއިޑުން ވަނީ ލެގޫން ކޮންފަރެންސްގެ ނަމުގައި ހޯނދެއްދޫ ފަޅުތެރޭގައި ކޮންފަރެންސެއް ބާއްވާފައެވެ. އަދި މިއަހަރު ތިމާވެށިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސައުތު ހުވަދޫ ޑައިލޮގް އޮން އިންވާރުމެންޓް އެންޑް ކުލައިމެޓް ޗޭންޖުގެމުގައި ސެމިނާއެއްވަނީ ބާއްވާފައެވެ.
ފިޔޯރީއާއި އެކު ކުޅުނު އެކުވެރިކަމުގެ މެޗް 1-1 އެއްވަރުވެއްޖެ
Posted: October 3, 2010 in Uncategorized
މިދިޔަ ހޮނިހިރު ދުވަހު ފިޔޯރީއާއިއެކު ބީރާފަންނާ ސްޕޯޓސް ކުލަބް ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް 1-1 އެއްވަރުވެއްޖެއެވެ. މިމެޗުގައި ބީރާފަންނާއިން ޖެހި ހަމައެކަނި ގޯލް ޖަހާފައިވަނީ ފަހުހާފުގައި ލިބުނު ކޯނަރަކުން ބީރާފަންނާގެ ފޯވާޑް ޖާޒީ ނަންބަރ 7 ޖާދުﷲ ލަތީފްއެވެ. މިމެޗްގައި ބީރާފަންނާ ސްޕޯޓްސް ކުލަބްގެ ގިނަ ކުޅުންތެރިންނަށް ވަނީ އަނިޔާވެފައެވެ. އާޔަތﷲގެ ތުންފަތް ފަޅައިގެން ދިއުމުގެ ސަބަބުން ފަހުހާފްގައި ވަނީ ބަދަލުކޮށްފައެވެ. މީގެކުރިން ނަޑައްލާއާއިއެކު ކުޅުނު އެކުވެރިކަމުގެ މެޗުވެސް ވަނީ 1- 1 އެއްވަރުވެފައެވެ. މިމެޗަކީ ހޯނޑެއްދޫގައި ކުރިއަށް އޮތް މުބާރަތައް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެއްކަމަށް ބީރާފަންނާ ސްޕޯޓްސް ކުލަބްގެ ވަގުތީ ރައީސް މަހުދޫން އާދަމް މަޢުލޫމާތުދެއްވައެވެ. އަދި ކުރިއަށްއޮތްތާގައިވެސް މިފަދަ އިތުރު މެޗްތައް ކުޅުމަށް ހަމަޖެހިފައިވާކަމަށްވެސް މަހުދޫނު ވިދާޅުވެފައިވެއެވެ.
ފިޔޯރީއާއިއެކު ކުޅޭ މެޗަށް ނުކުންނަނީ މޮޅުވުމުގެ ވަރަށް ބޮޑު އުންމީދަކާއިއެކު
Posted: September 28, 2010 in Uncategorizedއަންނަ މަހު ކުރީކޮޅު ބީރާފަންނާ ސްޕޯޓްސް ކުލަބާއި ފިޔޯރީ ޒުވާނުންނާއި ދެމެދު ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗަށް ނުކުންނާނީ މޮޅުވުމުގެ ވަރަށް ބޮޑު އުންމީދަކާއި އެއްކޮށް ކަމަށް ބީރާފަންނާ ސްޕޯޓްސް ކުލަބްގެ ކޯޗް އަބްދުﷲ ލަތީފު (ލުއްޑާ) ވިދާޅުވެއްޖެއެވެ. ލުއްޑާ ވިދާޅުވީ ނަޑައްލާއެކު ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި ބީރާފަންނާގެ މުހިންމު ކުޅުންތެރިން ނުހިމެނޭ ކަމަށާއި އެހެންނަމަވެސް މިމެޗަށް ނުކުންނާނީ ވަރުގަދަ ސްކޮޑަކާއި އެއްކޮށް ކަމަށެވެ. މިގޮތުން މެޗަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ރަނގަޅަށް ޓީމުގެ ޕްރެކްޓިސް ކުރިއަށްދާކަން ލުއްޑާ ހާމަކުރެއްވިއެވެ.
ބިރާފަންނާއިންދަނީ މިމެޗަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ. މިދިޔަ ޖުލައިމަހު ނަޑައްލާއާއިއެކު ކުޅުނު އެކުވެރިކަމުގެ މެޗުން ލިބުނު ތަޖުރިބާތައް ވަރަށް ރަނގަޅަށް ހިފާނެކަމަށްވެސް ކޯޗު ވިދާޅުވިއެވެ. އަދި ކުޅުންތެރިންގެ ފަރާތުން މިހާރުވެސް ދައްކަމުން ގެންދާ ޓީމް ވޯކަށް ކޯޗް ޝުކުރުއަދާކުރެއްވިއެވެ.
ބީރާފަންނާގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށް ހުވަދޫއެއިޑުން ޝުކުރުދަންނަވައިފި
Posted: September 18, 2010 in Uncategorized
ހުވަދޫއެއިޑުން އިންތިޒާމްކޮށްގެން މިމަހު 16 އިން 18 އަށް ބޭއްވި ހުވަދޫއެއިޑް ސިވިކް އެޑިއުކޭޝަން ޕްރޮގްރާމްގައި ބީރާފަންނާގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށް ހުވަދޫއެއިޑްގެ ޑިރެކްޓާރ ޖެނެރަލް އަލްފާޞިލް އަހުމަދު އަމީޒް ބީރާފަން ސްޕޯޓްސް ކުލަބްގެ މެންބަރުންނަށް ޝުކުރުދަންނަވައިފިއެވެ. މި ޕްރޮގުރާމް ހިންގާފައިވަނީ ހޯނޑެއްދޫ ނަޑެއްލާ އަދި ފިޔޯރީގައެވެ. ބީރާފަންނާގެ ފަރާތުން މިރަށްރަށަށް ކުރި ދަތުރުގައި ބީރާފަންނާގެ މެނޭޖާރ މަހުދޫން އާދަމް އަދި ފުޓްބޯޅަ ޓީމްގެ ކުޅުންތެރިޔެއްކަމަށްވާ ޖާދުﷲ ލަތީފް ބައިވެރިވަޑައިގަތެވެ. މިއަދު ބީރަފަންނާގެ ކުޅުންތެރިންނާ ބައްދަލުކުރައްވަމުން ހުވަދޫ އެއިޑްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު އަމީޒް ވިދާޅުވީ ބީރާފަންނާގެ ފަރާތުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުން ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމަށާއި ބީރާފަންނާ ރަޖިސްޓްރީ ވުމާއިއެކު ރަސްމީސިފައެއްގައި ހުވަދޫއެއިޑާއި ދެމެދު ގުޅުންބަދަހިވެގެން ދާނެކަމަށެވެ.
މީގެ އިތުރުން ބީރާފަންނާއިން ފިޔޯރީއާއި އެކު ކުޅުމަށް ހަމޖެހިފައިވާ މެޗް އިންތިޒާމް ކުރުމުގައި ހުވަދޫއެއިޑުން އެއްބާރުލުން ދެއްވާނެކަމަށް އަމީޒް ވިދާލުވިއެވެ.
ކުރިއަށް އޮތް މުބާރާތައް ވަރަށް ބޮޑަށް ތައްޔާރުވަމުން މިދަނީ – މަހުދޫން
Posted: September 16, 2010 in Uncategorized
ބޮޑު ޗުއްޓީގައި ބާއްވާ މިއަހަރުގެ އެންމެ ބޮޑު މުބާރާތް ހިޑްސް ކަޕަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށް ބީރާފަންނާ ސްޕޯޓްސް ކުލަބުގެ މެނޭޖާރ މަހުދޫން އާދަމް ވިދާޅުވެއްޖެއެވެ. މިގޮތުން މިމަހުގެ ތެރޭގައި ވީހާވެސްގިނަ އެކުވެރިކަމުގެ މެޗުތައް ކުޅުމަށް ރާވާފައިވާ ކަމަށާއި އަދި މިމަހުގެ ފަހުކޮޅު ފިޔޯރީ ޒުވާނުންނާއި އެކު ފުޓްބޯޅަ މެޗެއްކުޅުމަށް މިހާރު ވާހަކަތައް ދެކެވެމުންދާކަމަށް މަހުދޫން ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރާއްޖެއިން ބޭރުން ކޯޗެއް ގެނައުމުގެ މަސައްކަތްފަށާފައިވާ ކަމަށްވެސް މަހުދޫން ވިދާޅުވިއެވެ.
ދުވަސްތަކަކަށް މެދުކެނޑުމަށްފަހު ބިރާފަންނާ ސްޕޯޓްސް ކުލަބް މިފަހަރު މުބާރާތުން ފެނިގެންދާއިރު މާބޮޑު ބަދަލެއް ފެންނާނެކަމަށް ނުބެލެވެއެވެ. މީގެ ކުރިންވެސް ބީރާފަންނާއަށް ކުޅުނު ކުޅުންތެރިން މިޓީމް އޮތްހާ ހިނދަކު ޓީމް ދޫކޮށްނުލާނެކަމުގެ ޔަގީންކަންވަނީދެއްވާފައެވެ. މިދިޔަ ހޮނިހިރު ދުވަހު ކުޅުނު އެކުވެރިކަމުގެ މެޗުން ބީރާފަންވަނީ ބަރާސިލްގެބަލި ތަކުރާރުކޮށްފައެވެ. މިމެޗް 2- 0 ބީރާފަންނާ ވަނީ ކާމިޔާބުކޮށްފައެވެ.
















